ލަކްނޯގެ 153 އަހަރުވީ އަމީރުއްދައުލާ ލައިބްރަރީ އެއްކޮށް ޑިޖިޓަލްކޮށް ނިންމައިފިއެވެ. އެ ލައިބްރަރީގައި މިހާރު، 80،000 އަށް ވުރެ ގިނަ ޑިޖިޓަލައިޒްޑް ފޮތާއި 27،000 އީ-މެގަޒިން ލައިބްރަރީގެ ވެބްސައިޓުން ހިލޭ ލިބެން ހުންނާނެއެވެ. އަދި ޑިޖިޓަލް އެޕް މެދުވެރިކޮށްވެސް ލިބޭނެއެވެ.
އެ ލައިބްރަރީ ޑިޖިޓައިޒް ކުރުމަށް މަސައްކަތް ފެށީ ލަކްނޯ ސްމާޓް ސިޓީގެ ޑިޖިޓަލައިޒޭޝަން މަޝްރޫއުގެ ދަށުން 120 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.
“މިހާރު ހިލޭ ވެބްސައިޓަށް ނުވަތަ އެޕް އަށް ލޮގިންވެ ޑިޖިޓަލް ލައިބްރަރީއަށް ވަދެވޭނެ. ގައުމީ ފެންވަރުގެ އިމްތިހާނުތަކަށް 1،000 ފޮތާއި، 5،000 ޕްރީމިއަމް އީ-ފޮތާއި، 1،000 އަށް ވުރެ ގިނަ ޓެކްސްޓް ފޮތް ވެސް ލިބެން އެބަހުރި،” ޗީފް އެގްޒެކެޓިވް އޮފިސަރު ސްމާޓް ސިޓީ ލިމިޓެޑް، އިންދަރްޖިތު ސިންގް ވިދާޅުވި އެވެ.
މި ފޮތްތަކާއި މެނުސްކްރިޕްޓްތަކަކީ، ސައިންސް، އާޓްސް، އިކޮނޮމިކްސް އިން ފެށިގެން ބަސްތަކާއި، ތާރީޚާއި، ދީނާއި ޤާނޫނާއި، މިއުޒިކާއި، ސަގާފަތާއި، ހަނގުރާމައާއި، ހިސާބު ފަދަ 48 ދާއިރާއަކަށް ފެތޭ ޢިލްމީ ތަރިކައެކެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މި ލައިބްރަރީގައި ތުރުކީގެ ތާރީޚާ ބެހޭ ފޮތްތަކާއި އިހު ޒަމާނުގެ އިންޓަނޭޝަނަލް ޕޮލިސީއާއި އިހު ޒަމާނުގެ އިނގިރޭސިންގެ ފޮރިން ރިލޭޝަންސްއާއި މޮޑަން ހިންދޫއިޒަމް އަދި ހިންދޫ ދީންގެ ފޮތްތައް ފަދަ ނާދިރު ބައެއް ފޮތްތައް ހިމެނެއެވެ.
When in #Lucknow don’t miss to explore Amir-Ud-Daulah Public Library. It houses a collection of over 2 Lakh books.#ExploreLucknow pic.twitter.com/qk3L0CaxGS
— UP Tourism (@uptourismgov) July 12, 2017
އަދި މީލާދީން 2 ވަނަ ޤަރުނުގެ ސަންސްކްރިޓާއި، ޕްރަކްރިޓް އަދި ޕާލީ ބަހުން ލިޔެފައިވާ އެތައް ސަތޭކަ މެނުސްކްރިޕްޓެއް ވެސް މި ލައިބްރަރީގައި ޑިޖިޓަލައިޒް ކުރެވިފައިވެއެވެ.
އަމީރުއްދައުލާ ލައިބްރަރީއަކީ 1868 ވަނަ އަހަރު ތާލުޤްދާރު އަމަރު ހަސަން ޚާން އުފެއްދެވި ތަނެކެވެ. ފަހުން ސަރުކާރުގެ މިއުޒިއަމަކަށް ބަދަލުކޮށްލީއެވެ. މިހާރު ލައިބްރީ ހުރި އިމާރާތަކީ 1921 ވަނަ އަހަރު ލައިބްރރަރީ ބަދަލު ކުރި އިމާރާތެވެ. އެ އިމާރާތުގެ ބިންގާ އެޅުއްވީ ސަރ އެޗް ބަޓްލަރ އެވެ.