އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގައި ހަސްފަތާލެއްގައި އަންހެން ޑަކްޓަރެއްގެ އިއްފަތް ފޭރިގަނެ ރޭޕްކޮށް މަރާލުރުމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޑޮކްޓަރުންނާއެކު ސްޓޭޓްގެ ޗީފް މިނިސްޓަރ ބާއްވަން އުޅުއްވި ބައްދަލުވުމަށް ޑަކްޓަރުން ދެކޮޅު ހަދއިފިއެވެ.
ޗީފް މިނިސްޓަރ މަމްތާ ބެނަރޖީ ވިދާޅުވެފައި ވަނީ މައްސަލަ ހައްލުވާން އޮތީ އޭނާ އިސްތިޢުފާ ދެއްވުމުން ކަމުގައި ވާނަމަ އެކަން ކުރައްވަންވެސް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
ޖޫނިއަރ ޑަކްޓަރުންނާ ޗީފް މިނިސްޓަރއާ މައްސަލަ ޖެހުނީ އެބައްދަލުވުން ވަގުތުން ދުރަށް ފޮނުވުމަށް ޑަކްޓަރުން ބޭނުން ވިއަސް އެކަމަށް ބެނަރޖީ ދެކޮޅު ހެއްދެވުމުންނެވެ. ޑަކްޓަރުން ވަނީ އެކަމާ ގުޅިގެން ބައްދަލުވުމަށް ވަނުމަށްވެސް އިންކާރު ކޮށްފައެވެ. ބެންގޯލް ސަރުކާރުން ދުރަށް ފޮނުވާފައިވާ މަންޒަރުތަކުންވެސް ފެންނަނީ ވަށައިގެން ގޮނޑި ޖަހާފައިވާ މާލަމުގައި ޗީފް މިނިސްޓަރ ގިނިކަންޏާ އިންނެވި މަންޒަރެވެ.
ފަހުން ޗީފް މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މައްސަލަތައް ޙައްލު ކޮށްނުދެވޭނަމަ އޭނާ މަޤާމުގައި ހުންނަވާކަށް ބޭނުންފުޅެއް ނޫން ކަމަށެވެ. އަދި ދެ ގަޑިއިރުވަންދެން ޑޮކްޓަރުންގެ އިންތިޒާރުގައި އިންނެވިކަމުގައި ވެސް ވިދާޅުވިއެވެ.