އިންޑިއާގެ ސުމޭކް ނިޒާމު މަދުން އާމްދަނީ ލިބޭ ޤައުމުތަކާ ޙިއްސާ ކުރަނީ

އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، މަދުން އާމްދަނީ ލިބޭ ޤައުމުތަކާއެކު ޙިއްސާ ކުރަން ފަށައިފިއެވެ. އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޙިއްސާ ކޮށްފައިވާ ޤައުމުތަކަކީ، އާރމީނިއާއާއި ސިއެރާ ލިއޯންއާއި ސުރިނާމާއި އެންޓިއުއާ ބާބެޑޯއާއި ޕަޕުއާ ނިއުގިނީއާއި ކެންޔާއާއި ކިއުބާ ޓެންޒޭނިއާ އަދި ކޮލޮމްބިއާއި ޓްރިނޭޑް އެންޑް ޓޮބޭގޯއާއެކުގައެވެ.

އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ކާކުކަން އަންގައިދޭ ޑިޖިޓަލް އައިޑީކާޑުގެ ނިޒާމު ކަމުގައިވާ އާދާރާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ތެރޭން ލައިގެން ފައިސާ ދެއްކުމަށް ބޭނުންކުރާ ޔޫޕީއައިގެ ނިޒާމެވެ. މިއީވެސް ދުނިޔޭގެ އެންމެ ގިނަ މީހުން ފައިސާ ދެއްކުމަށް ބޭނުން ކުރާ އެއް ނިޒާމެވެ.

އޭގެ އިތުރުން ކޮންމެ ރައްޔިތަކަށް ސަރުކާރުން ދީފައިވާ ސަނަދުތަކާއި ޑޮކިއުމެންޓުތަކާއި ކޯޓު ލިޔުންތައް ޑިޖިޓަލްކޮށް ރައްކާ ކުރާ ޑިޖިލޮކަރގެ ނިޒާމުވެސް އެ ގައުމުތަކާ ޙިއްސާކޮށްފައި ވެއެވެ. މިއީ އޯޕަންސޮސްކޮށް ޑިވެލޮޕްކޮށްފައިވާ ނިޒާމެކެވެ.