2024ގެ އެންމެ ގަދަ ތަންތަނުގެ ތެރެގައި މި ސަރަހައްދުގެ ދެތަން

ހިނގަމުން މިދާ 2024 ވަނަ އަހަރަށް ‘ދުނިޔޭގެ އެންމެ ގަދަ ތަންތަން’ ގެ ޝަރަފުވެރި ލިސްޓު ޓައިމް މަޖައްލާއިން ޝާއިޢުކޮށްފިއެވެ. މިސަރަހައްދުން މި ލިސްޓުގައި އާދަޔާ ޚިލާފު 100 ތަނުގެ ތެރޭގައި، ލިސްޓުކޮށްފައި ވަނީ، އިންޑިއާގެ ތިން ތަނެކެވެ.

އޭގެ ތެރޭގައި، މުމްބާއީގެ ޕާކެއްގެ އިތުރުން، ހައިދަރުއާބާދުގެ ޑިޒައިނާ ޗޮކްލެޓް ތައްޔާރު ކުރާ މަނާމް ޗޮކްލެޓް ފެކްޓްރީއާއި ހިމާޗަލް ޕްރަދޭޝްގެ މަތީ ފެންވަރުގެ ރެސްޓޯރެންޓެއް ކަމަށްވާ ނާރް، މިއީ ޓައިމް މެގަޒިން އިން ފާހަގަކޮށްފައިވާ އިންޑިއާގެ މުހިންމު ދެތަނެވެ.

މަނާމް ޗޮކްލެޓަކީ އިންޑިއާގައި އުފައްދާ އަމިއްލަ ކޮކޯގެ ވައްތަރުތަކުން ތައްޔާރު ކުރާ ޗޮކްލެޓްގެ ބާވަތްތައް އުފައްދާ ފެކްޓްރީއެކެވެ. ހައިދަރްއާބާދުގެ މި މަތީފެންވަރުގެ ޗޮކެލެޓް ބްރޭންޑަކީ އަލަށް ބާޒާރަށް މަޝްހޫރުވެފައިވާ އެހެންނަމަވެސް، ގިނަ ވަނަތައް ޙާސިލުކޮށްފައިވާ ބްރޭންޑެކެވެ.

ހައިދަރުއާބާދުގެ ފެންވަރު މަތީ އަވަށެއްކަމަށްވާ ބަންޖާރާ ހިލްސްގެ ކާރޫބާރު ބޮޑު  މަގެއްގައި ހުންނަ މުޕާލާގެ ޗޮކްލެޓް ފެކްޓްރީގެ ފިހާރައިގެ ތެރޭގައި ޗޮކްލެޓާއެކު ސަޔަށް ބޭނުންވާ ބިސްކޯދާއި ބްރެޑްގެ ބާވަތްތައްވެސް ހިމަނާފައި ވެއެވެ. މިތާގެ ކޮންމެ އުފެއްދުމަކީ އިންޑިއާއަށް ޚާއްސަ ބާވަތްތައް ބޭނުންކޮށްގެން ތަފާތު ގޮތަކަށް އުފައްދާފައިވާ ތަކެއްޗެވެ.

ދެވަނަ ތަނަކަށް ޓައިމް މަޖައްލާގައި ފާހަގަ ކޮށްފައި ވަނީ، އިންޑިއާގެ މަޝްހޫރު ޝެފް ޕްރަތީކް ސާދޫގެ ބެލުމުގެ ދަށުން ހިންގާ ހިމާޗަލް ޕްރަދޭޝްގެ ބޫޓިކް ހޮޓަލެއްގައި ހުންނަ ނާރް ރެސްޓޯރެންޓެވެ. މިއީ އެއްފަހަރާ 16 މީހުންނަށް ކާން ދެވޭ ވަރުގެ ކުޑަ ރެސްޓޯރެންޓެކެވެ. މިހޮޓަލަށް ދަތުރުކުރާ މަގަކީ ފަރުބަދަތައް ވަށައިލައިގެން މައްޗަށް އަރަން އޮންނަ މަގުތަކެކެވެ.

މި ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭކަމަށް އެ މަޖައލާއިން ބުނަނީ، ހިމާޗަލީ ޔަކް ޗީޒް، ޖުނިޕާ ސްމޯކްޑް ލެމްބް ވިތު ކަޝްމީރީ މުޝްކުބުޖީ ރައިސް، ލަދާކީ ބަކްވީޓް ޕާސްތާ، ނާގާ ބަމްބޫ ޝޫޓް އަދި އުތުރާކާންދްގެ ގަލްގަލް ލެމަންސް ފަދަ ބާވަތްތަކެވެ.