ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ފަށާ ގޮތަށް ހަމަޖެހުން

ތިލަދުންމަތި އުތުރުބުރީ ތތުރާކުނަށް އެމްޕީއެލްގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓް ބައެއް ބޭފުޅުން މިއަދު ޒިޔާރަތްކުރައްވައި، ތުރާކުނު ކައުންސިލްއާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ވަޖީހް ވިދާޅުވީ ތުރާކުނު ކައުންސިލުން އެދިފައިވާ ގޮތަށް، އެ ރަށުގައި ވޯޓަރ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ވޯޓަރ ބަންކަރިންގ ޚިދުމަތް ދޭން ބޭނުންކުރާ ފްލޯޓިން ބާޖް ތުރާކުނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސީއީއޯ ވިދާޅުވީ ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ފެށުމުން އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.