ފޮޓޯގައ މިފެންނަ މީހާ މިހާރު ނިދަނީ އީރާން ދެކެ ބިރުން ބިންގަރާހުގައި: އިޒްރޭލު މީޑިއާ
18:32
ޚާން ޔޫނުސްއިން މިއަދު އިޒްރޭލަށް 15 ރޮކެޓް ފޮނުވާލުމާ ގުޅިގެން ޒަޔަނިސްޓް ޓެރަރިސްޓް ސިފައިން ވަނީ ޚާން ޔޫނުސްގެ ބައެއް ސަރަހައްދުތައް އެއްކޮށް ހުސްކުރުމަށް ރައްޔިތުންނަށް އަންގާފައެވެ. ހުސްކުރުމަށް އަންގާފައިވާ ސަރަހައްދުތައް ރަތް ކުލައިން.
18:28
އިޒްރޭލު ސިފައިން ދިފާއީ ވިސްނުމަށް ވުރެން ބޮޑަށް ހަމަލަ ދިނުމުގެ ވިސްނުމެއް އިސްކޮށްގެން ތިބެން ޖެހޭނެ ކަމަށް ވައިގެ ސިފައިންނާ ބައްދަލުކޮށް އިޒްރޭލުގެ ދިފާއީ ވަޒީރު ބުނެފިއެވެ. އަވީގޯރް ލިބަރމަން ފަދަ އިޒްރޭލުގެ ސިިޔާސީ ފަރާތްތަކުން ގޮވަމުން ދަނީ ހަމަލައެއް އަންނަންދެން އިންތިޒާރަށް ނުތިބެ އިސްވެ ހަމަލައެއް ދިނުމަށެވެ.
އީރާނާއި ޙިޒުބުﷲއިން ދަނީ ނަފްސާނީ އުކުޅުތައް ބޭނުންކޮށްގެން އިޒްރޭލު އޮޅުވާލައި ނުތަނަވަސްކަމެއް އުފައްދަމުންނެވެ.
18:24
ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ސަރގޭ ޝއޮިގޫ ތެހެރާނަށް މަޝްވަރާތަކަކަށް ވަޑައިގެންފި
15:34
ޙިޒްބުﷲ އިން ޒަޔަނިސްޓުންގެ އުތުރު ސަރަހައްދަށްވެސް ރޮކެޓް ހަމަލަ ދީފި. ޔަހޫދީ މީޑިއާ
15:33
ޣައްޒާއިން އިޒްރޭލަށް 15 ރޮކެޓުން ޙަމަލަ ދީފި: އިޒްރޭލު މީޑިއާ
އިޒްރޭލުން ފަލަސްތީނުގެ 80 ޝަހީދުންގެ ޤަބުރު ޣައްޒާއަށް ގެންގޮސްފި
15:30
އީރާނުން މެދުތެރެއާއި ހުޅަަނގާއި ހުލަނގު އުތުރު ސަރަހައްދުތައް ވައިގެ ދަތުރު ފަތުރަށް ބަންދުކޮށްފިކަން އިޢުލާން ކޮށްފި
11:28
ނަޤަބް ސަހަރާގައި ޒަޔަނިސްޓު ސަރުކާރުން ޤާއިމްކޮށްފައިވާ ޖަލުގައި ފަލަސްޠީނުގެ ޒުވާން ފިރިހެން އަސީރާއެކު ގަދަކަމުން ލިވާޠު ކުޅިކުޅެ، އޭނާ ރޭޕްކުރުމުގައި ބައިވެރިވި ޒަޔަނިސްޓް ޓެރަރިސްޓް ސިފައިންގެ 5 މީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު ޒަޔަނިްޓު ކޯޓަކުން އިތުރު ކޮށްފިއެވެ.
ޒަޔަނިސްޓުންގެ 4 ހާސަ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އިޒްރޭލަށް ނާދެވިފަ. ޒަޔަނިސްޓު ސަރުކާރުގެ ޓީވީ ކާން އިން ބުނިގޮތުގައި ޓެލްއަވީވަށް ފްލައިޓް ދަތުރުތައް ހުއްޓާލުމާ ގުޅިގެން އެމީހުންގެ ދަތުރަށް ވަނީ ހުރަސް އެޅިފަ.
ހުޅަނގު އައްސޭރީގެ އަވަށަކުން ޒަޔަނިސްޓު ސިފައިން ހައްޔަރު ކުރި ފަލަސްތީނުގެ 50 އަހަރުގެ އަންހެނަކު ޒަޔަނިސްޓުންގެ ބަންދުގައި ހުއްޓާ ޝަހިދުވެއްޖެ، ވަފާ ޖައްރާރް ހައްޔަރުކުރުމަށްފަހު އޭނާއަށް ޒަޔަނިސްޓް ޓެރަރިސްޓް ސިފައިން ކުރި އަނިޔާތަކުން އޭނާގެ ކަކުލުން ތިރިން ފައި އެއްކޮށް ބުރިކޮށްލަން ޖެހުނެވެ. އަދި 3 މަސްވަންދެން ހަސްފަތާލުގައި ޒަޔަނިސްޓުންގެ ބެލުމުގެ ދަށުގައި އޮތުމަށްފަހު މިއަދު އޭނާ ނިޔާވިކަމަށް ބުނެފިއެވެ.
11:18
“ހަނގުރާމައެއްގައި އަހަރަމެން ބައިވެރިއެއް ނުވާނަން” މިސްރުގެ ސީސީގެ ސަރުކާރުން އީރާނާއި އިޒްރޭލަށް އަންގައިފި
11:17
ޔަހޫސީ ސަލަފީ ފިކުރުގެ ހަރުކަށި މީހުން ޒަޔަނިސްޓް ޓެރަރިސްޓް ސިފައިންގެ ފައުޖަށް ވެއްދުމަށް މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް ނިކުތް ބަޔަކު ސިފައިންގެ އޮފީހެއްގެ ކުރިމަތީގައި ސިފައިނާއެކު މާރާމާރީ ހިންގައިފި: (ޖެރޫސަލަމް ޕޯސްޓް)
ޝަރީއަތަށް ބޭނުންވެފައިޥާ ހަނގުރާމައިގެ މުޖުރިމެއް
7:00
ނާބުލުސްގެ މާރުކޭޓަކަށް ރޯ ކޮށްފައިޥާ ޓަޔަރުތަކެއް އެއްލައިގެން ޒަޔަނިސްޓު ސިފައިން ހިންގި އުދުވާނުގައި މާރުކޭޓް އެއްކޮށް އަނދައިފި.
ފަލަސްޠީނުގެ ސަރުކާރަށް ދޭންޖެހޭ ޓެކްސް ފައިސާގެ 26 މިލިއަން ޑޮލަރު ނުދީ އިޒްރޭލުން ހިފަހައްޓާނެ ކަމަށް ޒަޔަނިސްޓް މާލީ ވަޒީރު ސޮމޮރިޗް ބުނެފި
އެމެރިކާ ރައީސް އުރުދުންގެ އިނގިރޭސި ޢަބްދުﷲ ރަސްގެފާނާ މިއަދު ފޯނުން ގުޅުއްވާނެ. އަދި ބައިޑެންގެ ސަލާމަތީ އިސް މުޝީރުންނާއެކު ބައްދަލު ވުމެއް ބާއްވަވާނެ.
6:26
އިޒްރޭލުގެ ހިފާފައިޥާ އުތުރު ސަރަހައްދަށް ޙިޒްބުﷲ އިން މިވަގުތުވެސް ޑްރޯން ހަމަލަތައް ދެމުން އެބަދޭ.
ސޫރިޔާއިން ވައިގެ ސަރަހައްދު ބަންދުކޮށްފި
“ހަނިއްޔާ ޝަހީދުކޮށްލާފަ އިޒްރޭލުން ހިންގީ ޖަރީމާއެއް. އެކަމަށް ބަދަލު ނުހިފައި ދޫކޮށެއް ނުލާނަން. އީރާނުން އުންމީދު ކުރަނީ އަރަބިންނާއި މުސްލިމުން މި ޖަރީމާ ކުށްވެރި ކުރާނެ ކަމަށް” އީރާންގެ ޕާޒާޝްކިޔާނަށް ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ސަފަދީ ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައި
6:20
ޒަޔަނިސްޓް ދުޝްމަން ސިފައިން ނިދަން ތިއްބައި ޙިޒުބުﷲ އިން ދިން ހަމަލައެއްގައި އެތައް ސިފައިންނެއް މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި. މި ހަމަލަ ދީފައި ވަނީ އުތުރުން އިޒްރޭލު ހިފާފައިވާ ޖަލީލު ސަރަހައްދަށް. ހަމަލާ އަމާޒުކޮށްފައި ވަނީ އަލަށް އިޒްރޭލުން އުފެއްދި 91 ވަނަ ކޮމާންޑޯ ޑިވިޜަންގެ މީހުންގެ މަރުކަޒަކަށް. ހަމަލަ ދިން އިރު ޒަޔަނިސްޓު ސިފައިން ތިބީ ނިދާފަ. ހަމަލަ ދީފައި ވަނީ ޙިޒުބުﷲއިން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯން ތައް މެދުވެރިކޮށް (ޙިޒުބުﷲގެ އަލްމަނާރު ޓީވީ)
ޙަމާސްއިން ވަނީ ވަނީ ޒަޔަނިސްޓު އިޒްރޭލުގެ މެދުތެރޭ ސަރަހައްދަށް އާދިއްތަ ދުވަހު 5 ރޮކެޓުން ޙަމަލަ ދީފަ
6:09
ސައޫދީ އަރަބިއްޔާއާ ގުޅުން ގާއިމް ކުރުމަށް ހަނގުރާމައިގެ މުޖުރިމް ނަތަންޔާހޫ ކުރާ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފި. ޒަޔަނިސްޓް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫ ބޭނުން ވަނީ ޓްރަމްޕް ހޮވެންދެން އެކަން މަޑު ޖައްސާލުމަށް. ބިން ސަލްމާނާއެކު ގުޅުން ޤާއިމް ކުރުމަށް ޒަޔަނިސްޓު ބޮޑު ވަޒީރު ކުރި މަސައްކަތަކީ އޭނާގެ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުން ކުރި އުކުޅެއް: އިޒްރޭލް މީޑިއާ
5:50
“އިޒްރޭލުން އީރާނުގެ ހަމަލައަކަށް އިންތިޒާރުގައި ބިރުން ނުތިބެ، އަވަށް އީރާނަށް ޙަމަލައެއް ދޭން އަވަސްވެގަންނަންވީ. އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި ތެޔޮ ވަޅުތަކަށް ޙަމަލައެއް ދޭންވީ” ޒަޔަނިސްޓުންގެ ޗެނަލް 12 ގައި އިޒްރޭލުގެ ޕާލަމެންޓް މެމްބަރު ގީޑޮން ސައަރް
ސައަރަކީ އިޒްރޭލުގެ މިހާރުގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓު މަޤާމުން ދުރުކޮށް އެމަޤާމަށް އައްޔަން ކުރާނެ ކަމަށް ބެލެވޭ މީހެއް.