އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ވަގު ޕާސްޕޯޓު ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް ފުލުހުން މިއަދު ރެއިޑްކޮށްފިއެވެ. ޒަޔަނިސްޓު ޤައުމުގެ ޚާރިޖީ ވުޒާރާއިން ވިއްކަމުން ދިޔައީ އެޤައުމުގެ ޑިޕްލޮމެޓިކް ވަގު ޕާސްޕޯޓުތަކެކެވެ. މިއީ ދުނިޔޭގެ ޤައުމެއްގެ ޚާރިޖީ ވުޒާރާއިން މިފަދަ ވައްކަމެއް ކުރިކަމަށް ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ!
އިޒްރޭލް ޓައިމްސްއިން ރިޕޯޓް ކުރިގޮތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބެން ނުވާ މީހުންގެ އަތުން ރިޝްވަތު ނެގުމަށްފަހު ޒަޔަނިސްޓް ފޮރިން މިނިސްޓްރީން ދިޔައީ ޕާސްޕޯޓު ހަދައި ދެމުންނެވެ.