ރުވަންޑާގެ ރައީސް ޕައުލް ކަގާމީ 4 ވަނަ ދައުރަކަށް މަޤާމާ ހަވާލުވެ ވަޑައިގެންފިއެވެ. ރުވަންޑާގެ ޤަތުލުއާންމަށްފަހު ވެރިކަމަށް އިސްވެވަޑައިގަތް ގޮތަށް ކަގާމީ ވަނީ މަގާމުގައި ހިފަހައްޓަވާފައެވެ. އޭނާގެ އިންސާނީ ޙައްޤަށް އިޙުތިރާމު ކުރުމާއި ވެރިކަމުގެ ވައްޓަފާޅިއާ މެދު ސުއާލު އުފައްދާފައި ވެއެވެ.
ކަގާމީ ވެރިމުގައި ހުންނަވާތާ 30 އަހަރު ވެއްޖެއެވެ.
މިފަހަރުގެ ރިއާސީ އިންތިޚާބުގައި އޭނާއަށް 99.18 ޕަސެންޓް ލިބިވަޑައިގަތް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އޭނާއާ ދެކޮޅަށް އަދި އިތުރު ދެ ބޭފުޅަކު ކުރިމަތި ލެއްވިއެވެ.
ކަގާމީ ހުވައި ކުރެއްވި ރަސްމިއްޔާތަށް ސޫދާންގެ އަބްދުލްފައްތާޙު ބުރުހާންއާއި ކެންޔާގެ ވިލިއަމް ރޫޓޯ ވަޑައިގެންނެވިއެވެ.