ސާމަރާ ދޫންޏަކީ އިންޑިއާގައި ހަރުކަށި ޤާނޫނެއްގެ ދަށުން ޙިމާޔަތް ކޮށްފައިވާ ޤައުމީ ދޫންޏެވެ. އެ ދޫނި ހިފުމާއި އޭގެ ފަތް ގެންގުޅުމާއި ވިއްކުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
ޔޫޓިއުބަރެއް ކަމަށްވާ، ކޮއްޑަމް ޕާންޑޭ ކުމާރަށް މަޝްހޫރުވާން އެންމެ ކުރު މަގެއް ކަމަށް ފެނުނީ ސާމަރާ ދޫނީގެ ރިހަ ކެއްކުމެވެ. އޭނާ ސާމަރާ ދޫނީގެ ރިހަ ކައްކާ ގޮތް މީހުންނަށް ދައްކައި އެ މަޝްހޫރުވާން އެވީޑިއޯ ޔޫޓިއުބަށް ލިއެވެ. ނަމަވެސް މީހުންގެ ބަދު ބަސް ބުނުމާއެކު އޭނާގެ މަޝްހޫރުކަމަށް މާގިނަ ވަގުތެއް ނުނެގިއެވެ.
ފުލުހުން ވަނީ ޕާންޑޭ ހައްޔަރުކޮށްފައެވެ. އަދި އޭނާ ކެއްކި ރިހައަކީ ސާމަރާ ދޫނިގެ ރިހަކަންވެސް ވަނީ ސާބިތުވެފައެވެ. ނަމަވެސް އޭނާ ދޫނި ހިފި ތަނެއް ފުލުހުން ދަނީ ހޯދަމުންނެވެ. މި ވަގުތު ޕާންޑޭ ވަނީ 14 ދުވަހަށް އެކަހެރިކުރެވިފައެވެ.