މެލޭޝިއާ ބޮޑު ވަޒީރު އިންޑިއާއަށް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެއެވެ. މިއީ، 2022 ވަނަ އަހަރު މަޤާމާއި ހަވާލުވެ ވަޑައިގަތް ފަހުން އަންވަރު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަންވަރު އިބްރާހީމް ބާއްވަވާ މަޝްވަރާ ތަކުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާއި ދިފާޢީ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ބެލެވެއެވެ. އޭނާ ނިއުދިއްލީއަށް އިންޑިއާއަށް ވަޑައިގަންނަވާނީ މިމަހުގެ 20 ގައި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.