ތައިލެންޑުގެ ޕާލަމެންޓުން އެޤައުމުގެ 31 ވަނަ ބޮޑުވަޒީރު މިއަދު ހަމަޖައްސައިފިއެވެ. އައު ބޮޑު ވަޒީރަކީ، އެގައުމުގެ ބިލިއަނަރު މަހާސާދާގަރު، އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނަވަތްރާ 37، އެވެ.
ކުރީގެ ބޮޑު ވަޒީރު ވަނީ ސުލޫކީ މައްސަލައެއްގައި ދުސްތޫރީ ކޯޓުން ވަކިކޮށްފައެވެ.
ޕެޓޮންގްޓާން ޝިނާވަތުރާގެ ނަން ބޮޑު ވަޒީރު ކަމަށް ހުށަހަޅާފައި ވަނީ ފޭއު ތައި ޕާޓީން ނެވެ.
މިއީ ޝިނަވަތުރާ ޢާއިލާއިން ބޮޑު ވަޒީރުކަން ކުރައްވާ ހަތަރުވަނަ މެމްބަރެވެ. އޭގެ ކުރިން ތަކްސިން ޝިނާވަތުރާ، އަދި އޭނާގެ ޅިޔަނު، ސޮމްޗައި ވޮންގްސާވަތު އަދި ކޮއްކޮ ޔިންގްލަކް ޝިނާވަތުރާ ވަނީ ކުރިން އެމަޤާމު ފުރުއްވާފައެވެ.