ހޮލޮކޯސްޓުން ސަލާމަތްވި މީހުންގެ ދަރިންވެސް ޔަހޫދުންނާ ދެކޮޅު

މާކް އެޓްކިންޑަކީ، ހޮލޮކޯސްޓް އިން ސަލާމަތްވި މީހެއްގެ ކުއްޖެކެވެ. އޭނާ ބުނަނީ ޒަޔަނިސްޓު ދައުލަތާއި އެޤައުމުގެ އެކުވެރިން ޚާއްސަކޮށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދަނީ ނާޒީން ޔަހޫދުންނަށް ހެދި ގޮތް ފަލަސްޠީނު މީހުންނަށް ހަދަމުން ކަމަށެވެ.

އޭނާ ބުނަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީންނަށް ކުރިމަތިވި ކަންތައްތައް ކޮޕީކޮށްގެން ޢައްޒާގައި ވެސް ޔަހޫދުން ދަނީ އެ ގޮތަށް އަމަލު ކުރަމުންނެވެ.

އެޓްކިންޑް މި ވާހަކަ ދައްކާފައި ވަނީ ލަންޑަން ގައި ފަލަސްޠީނަށް ސަޕޯޓުކޮށް ބާއްވާފައިވާ އެއް ވުމެއްގައެވެ. އޭނާ ވަނީ ފަތިސް ގަޑީގައި ޔަހޫދީން އައްތާބިޢީ ސްކޫލަށް ދިން ޙަމަލާގައި ހިންގި ޤަތުލުއާންމު ކުށްވެރިކޮށްފައެވެ. އެ ހަމަލާގައި 100 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލިއެވެ.