ޒަޔަނިސްޓުންގެ ސިފައިންގެ އަދަދު މަދުވުމާ ގުޅިގެން، ރިޒާވް ފޯސްއަށް ޚިދުމަތަށް ނިކުތުމަށް އަންގައިފިއެވެ. އިސްރާއީލު ސިފައިންނާއި ޑިފެންސް މިނިސްޓްރީއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފިޔަވަޅަކީ، ސިފައިން އިތުރު ކުރުމުގެ މަޤްޞަދުގައި ކުރާކަމެއް ކަމަށެވެ.
މިހާރު ޚިދުމަތަށް ގެންނަން އިއުލާން ކޮށްފައިވާ މީހުންނަކީ ކުރިން ޚިދުމަތުގައި ގެންގުޅުމަށްފަހު ދޫކޮށްފައިވާ މީހުންނެވެ. އެގޮތުން ދޫކޮށްފައި ވަނީ އާންމު ސިފައިންގެ މީހެއްގެ ގޮތުގައި އުމުރުން 40ގެ މީހުންނާއި އޮފިސަރުންގެ ގޮތުގައި 45 އަހަރުގެ މީހުންނާއި ސްޕެޝަލިސްޓުންގެ ގޮތުގައި 49 އަހަރުގެ މީހުންނެވެ.
މިމީހުން އަނބުރައި ގެނައުމަށް ނިންމާފައި ވަނީ މި ވަގުތަށް މިމީހުންގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާތީ ކަމަށް ޒަޔަނިސްޓު މީޑިއާއިން ބުނެއެވެ.