ޔޫއޭއީގައި ދިރިއުޅޭ ކެރެލާގެ ވިޔަފާރިވެރިންގެ ބަޔަކު، އެއާލައިނެއް ފެށުމަށް ނިންމައިފިއެވެ. މި ކުންފުނީގެ މީހުންނަކީ މިދިޔަ 30 އަހަރުގެ ތެރޭގައި ޔޫއޭއީގައި އެވިއޭޝަންގެ ޚިދުމަތުގައި އުޅުނު ބައެކެވެ.
އެމީހުންގެ ކުންފުނީގެ އޮޕަރޭޝަން ފަށާނީ ކޮއްޗިން އިން އިންޑިއާގެ ސިޓީތަކަށެވެ. ދަތުރުތަކުގައި އަލްހިންދު އެއާ ކުންފުނިން ބޭނުން ކުރާނީ އޭޓީއާރް 72 މަރުކާގެ ބޯޓުތަކެވެ.
އިންޑިއާގެ އެތެރޭގައި 20 މަންޒިލަކަށް ދަތުރުތައް ފުރިހަމަ ކުރުމަށްފަހު އިންޓަރނޭޝަނަލް ދަތުރުތައް އެއާބަސް 320 އެއްގައި ފަށާނެ ކަމަށާއި އެ ދަތުރުތަކުގެ އެންމެ ފުރަތަމަ މަންޒިލަކީ ޔޫއޭއީ ކަމަށް ބުނެފައި ވެއެވެ.