ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ޣައްޒާގައި ޔަހޫދީން ޝަހީދު ކޮށްފައިވާ ފަލަސްތީނުގެ މީހުންގެ އަދަދު ހާމަކޮށްފިއެވެ’
40،173 އަކީ ޔަހޫދުން މިއަދާހަމައަށް ޝަހީދު ކޮށްފައިވާ މީހުންގެ ޢަދަދު
92،857 އަކީ، ޒަޚަމް ކޮށްފައިވާ މީހުންގެ ޢަދަދު
3 ޤަތުލުޢާންމެއްވެސް މިދިޔަ 24ގަޑި އިރު ތެރޭގައި ވަނީ ހިންގާފައެވެ.
34 މީހުން އެ ޤަތުލުޢާންމު ތަކުގައި ޝަހީދުކޮށްފައި ވެއެވެ.
114 މީހުން ޒަޚަމް ކޮށްފައި ވެއެވެ.
172 ނޫސްވެރިން ޝަހީދު ކޮށްފައި ވެއެވެ.
10،000 ފަލަސްތީނު މީހުންގެ ޤަބުރުތައް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައި ވެއެވެ.