ޣައްޒާއށް ދެމުންދާ ޓެރަރިސްޓް ޙަމަލާގެ 322 ވަނަ ދުވަހު ޣައްޒާގައި އިއްޔެ ޒަޔަނިސްޓް ސިފައިންނާ ދެކޮޅަށް ފަލަސްޠީނު މީހުން ވަރުގަދައަށް ކުރިމަތިލުންތަކެއް ދައްކައިފިއެވެ. ޙަމާސްއިން ބުނެފައި ވަނީ ޚާންޔޫނުސްގައި ބިންގަރާހެއް ތެރެއަށް ޒަޔަނިސްޓު ޔަހޫދުން ވަދެގެން އުޅެނިކޮށް އެމީހުންނާއެކު އެތަން ގޮއްވާލާފައިވާ ކަމަށެވެ. ފަލަސްޠީނުގެ މުޖާހިދުން ވަނީ، ޒަޔަނިސްޓު ސިފައިންގެ ނެޓްޒާރިމް ސަރަހައްދުގައި ހުންނަ މަރުކަޒަކަށް، ސުއިސައިޑް ޑްރޯނަކުން ހަމަލަ ދީފައެވެ. އަދި ގުދުސް ބްރިގޭޑުންވެސް ވަނީ އެތަނަށް ބޮޑު ބަޑީގެ ހަމަލަތަކެއް ދިން ކަމަށް އިއުލާންކޮށްފަ އެވެ.
ޣައްޒާގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި ޒަޔަނިސްޓު ޔަހޫދީ ސިފައިންގެ މީހަކު ފަލަސްޠީނު މީހުން ވަނީ މަރާލާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ދިން ޙަމަލާގައި ފަލަސްޠީނުގެ 47 މީހަކު ވަނީ ޝަހީދުކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހުޅަނގު އައްސޭރީގެ ސިޓީތަކާއި ރަށްތަކުގައި ވެސް ފަލަސްޠީނުގެ މުޖާހިދުން ވަނީ އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކާ ކުރިމަތި ލާފައެވެ. ޚާއްޞަކޮށް ނަބްލޫސް ސިޓީގައި ވަރުގަދައަށް ޙަމަލަތައް ބަދަލުކޮށްފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުގެ ވަފުދެއް ވަނީ މިސްރަށް ގޮސް، ޔަހޫދީ އަސީރުން މިނިވަން ކުރުމަށާއި ފަލަސްޠީނާއި މިސްރާ ދެމެދު އޮންނަ ފިލަޑެލްފިއާ އެކްސިސްއާއި، ރަފަޙަ އަށް ވަންނަން އޮންނަ ދޮރާށި ބެލެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ޒަޔަނިސްޓު މީޑިއާއިން ބުނަނީ އިޒްރޭލުގެ އެތެރޭގެ ދެބަސްވުންތަކާއެކު ނަތަންޔާހޫ ހުރީ، އެކަހެރިވެފައެވެ. މިސްރުގައި މަޝްވަރާ ކުރާ ޔަހޫދީންނާއި ނަތަންޔާހޫގެ ދެމެދު ޚިލާފު ތަކެއް ހުރިކަމަށް ބުނެއެވެ.