އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ، ތާރީޚީ ދަތުރުފުޅެއްގައި ޔުކްރެއިންގެ ކިއެވްއަށް ވަޑައިގެންފިއެވެ. މޮދީގެ ދަތުރުފުޅުގައި ޔުކްރެއިންއާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ސުލްހަވެރިކަމާއެކު ހައްލުކުރުމާ ބެހޭ ގޮތުން، ޔޫކްރޭންގެ ލީޑަރާ މަޝްވަރާ ކުރައްވާނެއެވެ.
މޯދީ ޔޫކްރޭނަށް ޒިޔާރަތް ކުރައްވަނީ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ ދައުވަތަކަށެވެ. މިއީ މޮދީ މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގެ 6 ހަފްތާ ފަހުން ޔުކްރެއިންއަށް ކުރައްވާ ދަތުރުފުޅެކެވެ. މޮސްކޯ ދަތުރުފުޅަށް ހުޅަނގުން ފާޑު ކިޔުން އަމާޒުކޮށްފައި ވެއެވެ.
މިއީ 1991 ވަނަ އަހަރު ޔޫކްރޭން ސޯވިއެޓް ޔުނިއަންއިން މިނިވަންވި ފަހުން އިންޑިއާގެ ބޮޑުވަޒީރަކު ޔޫކްރޭނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ މަޝްވަރާތައް އޮންނާނީ މިއަދު ކިއެވްގައެވެ. ދެ ބޭފުޅުންވެސް ސަމާލުކަން ދެއްވާނީ، ދެ އަހަރާއި ބައި ވެފައިވާ ޔޫކްރޭނާއި ރަޝިޔާއާގެ ހަމަނުޖެހުންތަކަށް ޞުލްހަވެރި ޙައްލެއް ހޯދުމާ ބެހޭ ގޮތުންނެވެ.
ދަތުރުފުޅުގެ ކުރިން ނެރުއްވި ބަޔާނެއްގައި މޯދީ ވިދާޅުވީ “ހަނގުރާމައިގެ މައިދާނެއްގައި އެއްވެސް މައްސަލައެއް ހައްލު ނުކުރެވޭނެ” ކަމަށާއި “ވީހާވެސް އަވަހަކަށް ޞުލްހައާއި ހަމަޖެހުން އަލުން ޤާއިމް ކުރުމަށް މަޝްވަރާ އާއި ޑިޕްލޮމެސީ” އަށް އިސްކަން ދިނުމަށް އިންޑިއާއިން ތާއީދުކުރާ ކަމަށެވެ.
މިއަދު މޮދީ، މަހާތުމާގެ ގާނދީގެ ހަނދާނުގައި ހަދާފައިވާ ބޮޓެނިކަލް ގާޑަންގެ މައިދާނަށް ވަޑައިގެން މަހާތުމާ ގާންދީއަށް އަދަބު ތަޢުޒީމު އަދާކުރައްވާނެއެވެ.