ފަލަސްޠީނުގެ ނޫސްވެރިޔާ ފޮޓޯގްރާފަރު، މުޢުތައްޒު ޢަޒައިޒާގެ ނަން 2024 ވަނަ އަހަރުގެ ޞުލްޙައިގެ ނޮބެލް އިނާމަށް ހުށަހެޅިފައިވާ ކަމަށް އޭނާ އިޢުލާން ކޮށްފިއެވެ. އޭނާގެ ސޯޝަލް މީޑިއާގައި މިކަން ހާމަކޮށްފައި ވެއެވެ. އުމުރުން 25 އަހަރުގެ ފޮޓޯގްރާފަރު ވަނީ އެކަން އަންގައިދޭ ސްކްރީންޝޮޓެއް އޭނާގެ މީސްމީޑިއާގައި ހިމަނާފައެވެ.
ޣައްޒާގެ ދޭރުލްބަލަޙަށް އުފަން ޢަޒައިޒާ އަކީ އަލްއަޒްހަރު ޔުނިވާސިޓީގެ ގްރެޖުއޭޓެކެވެ. އޭނާގެ ނަން އެ އިނާމަށް ހުށަހަޅާފައި ވަނީ “ޣައްޒާގައި ހިނގާ އަނިޔާވެރިކަމުގެ ތަފްޞީލު ދުނިޔެއަށް ކިޔައި ދިނުމުން” ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ ސަޕޯޓަރުންގެ ތާއީދަށް އެދިފައެވެ.
ޣައްޒާގެ ޙާލަތާ ބެހޭ ގޮތުން އިނގިރޭސި ބަހުން ވީޑިއޯތައް ޙިއްސާކުރުމަށް މަޝްހޫރު ޢަޒައިޒާ ފުރަތަމަ ފޯކަސް ކުރީ ފަލަސްޠީނުގެ ރީތިކަމާއި، ސަގާފަތާއި، ފަލަސްޠީނުގެ މީހުންގެ ދުވަހުގެ ދިރިއުޅުމަށް އަލިއަޅުވާލުމުގައެވެ. ޢަޒާއިޒާގެ ސޯޝަލް މީޑިއާ އެކައުންޓް ވަނީ ގިނަ ބަޔަކަށް ޣައްޒާގެ ޙަޤީޤީ ޙާލަތު އަޕްޑޭޓް ކުރުމަށް މުހިންމު ޕްލެޓްފޯމަކަށް ވެފައެވެ.
އޭނާގެ އިންސްޓަގްރާމްގައި 17.8 މިލިއަން ފޮލޯވަރުން، އަދި އެކްސްގައި އެއް މިލިއަން ފޮލޯވަރުން އަދި ފޭސްބުކްގައި 500،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެވެ.
އޭނާ ވަނީ ކުރިން، އޭބީސީ ނިއުސްގެ ކެމެރާމަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީއާ އެކު ހިލޭ ސާބަހަށްވެސް މަސައްކަތް ކޮށްފައެވެ.
ޒަޔަނިސްޓުންގެ ޙަމަލާގައި ޢަޒާއިޒާގެ ޢާއިލާގެ 15 މީހަކު ޔަހޫދުން ވަނީ އެއްފަހަރާ، 2023ގެ އޮކްޓޫބަރު މަހު ޝަހީދު ކޮށްލާފައެވެ.
މިދިޔަ ދެ ދުވަހުވެސް ޔަހޫދުން ވަނީ، ދޭރުލްބަލަޙްގެ އެއްލައްކަ މީހުން ވަނީ އެމީހުންގެ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައެވެ.