ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބާތިލު ކޮށްފިއެވެ. ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޙަސީނާގެ ޕާސްޕޯޓްގެ އިތުރުން ކުރީ ސަރުކާރުގެ ކުރީގެ ވަޒީރުންނާއި ކުރީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޑިޕްލޮމެޓިކް ޕާސްޕޯޓުތައްވެސް ބާޠިލު ކޮށްފައިވާ ކަމަށެވެ.
ޙަސީނާ ވެރިކަމުން ދުރުކުރުމުގެ ކުރިން ހަލަބޮލި ހަފްތާތަކުގައި 450 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ގިނަ މީހުން މަރުވީ ފުލުހުންގެ މީހުން ބަޑިޖެހުމުގެ ސަބަބުންނެވެ.
އދގެ ޓީމަކުން ވަނީ ޙަސީނާގެ ވެރިކަމުގެ ހަލަބޮލިކަމުގައި އިންސާނިއްޔަތާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި ތަޙުޤީޤު ކުރުމުގެ މަސައްކަތް ފަށާފައެވެ.