ޙިޒުބުﷲ އިން ދިން ޙަމަލައިގެ ސަބަބުން އިއްޔެ އެންމެ ބާރު ބޮޑުވީ ޔަހޫދުންގެ އެއާޕޯޓަށެވެ. ހިފާފައިވާ ފަލަސްޠީނު ދޫކޮށް ދިއުމަށް ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދަކަށް ޔަހޫދުން ފޮށި ތަންމަތި ބަނދެގެން އެއާޕޯޓަށް ދެއެވެ.
ތެލްއަވީވް ކައިރީގެ އަސްކަރީ މަރުކަޒަށް ޙިޒުބުﷲ އިން ދިން ޙަމަލާގެ ސަބަބުން އިޒްރޭލު އެއާޕޯޓުގެ 15 ޕަސެންޓް ފްލައިޓްތައް އިއްޔެ ކެންސަލް ކުރިއެވެ. 50 ފްލައިޓް ކެންސަލް ކުރުމުގެ ސަބަބުން އެތައްހާސް މީހުންގެ ދަތުރަށް ހުރަސް އެޅުނު ކަމުގައި ޔަހޫދުންގެ މީޑިއާއިން ބުނެއެވެ.
އެ ހަމަލާގެ ސަބަބުން މުޅި އެއާޕޯޓް ދެ ގަޑިއިރަށް ބަންދު ކުރިއެވެ.