ކޮމްޕިއުޓަރ ޗިޕް އުފައްދާ އިންވެސްޓެމެންޓަކަށް ހުއްދަ ދީފި

އިންޑިއާގައި ސެމީކޮންޑްކަޓަރ އުފެއްދުމަށް 300 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓަކަށް އިންޑިއާގެ ކެބިނެޓުން ހުއްދަ ދީފިއެވެ. މި ފެކްޓްރީގެ މަސައްކަތް ފެށުމާއެކު، ދުވާލެއްގެ މައްޗަށް 6 މިލިއަން ކޮމްޕިއުޓަރ ޗިޕް އެތަނުގައި އުފައްދާނެ އެވެ. މި އުފެއްދުންތަކަކީ މޮބައިލް ފޯނުތަކާއި އުޅަނދުތަކާއި، ކޮމްޕިއުޓަރުތަކުގައި ބޭނުން ކުޜާނެ ޗިޕްތަކެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ ސެމީކޮންޑަކްޓަރ އުފައްދާ 4 އިންވެސްޓްމެންޓަކަށް ހުއްދަ ދީފައެވެ. މިއީ 1.8 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންވެސްޓްމެންޓްތަކެކެވެ.