ބަޑި ޖަހައިގެން 7 މީހަކު ޒަޚަމް ކޮށްލައިފި

ބަޑި ކުޅިވަރަށް މަޝްހޫރު އެމެރިކާގެ ކެންޓަކީގެ ހައިވޭއެއްގައި ބަޑި ޖަހައިގެން 7 މީހަކު ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި ބަޑި ޖެހި މީހާ އެނގޭ ކަމަށާއި އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖޯސެފް ކައުޗް (32 އަހަރު) ދިން ބަޑީގެ ހަމަލާތަކުން އެއްވެސް މީހަކު މަރުވާ ވަރަކަށް ހާލަތު ސީރިއަސްއެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

މިއީ މިދިޔަ 4 ދުވަސްތެރޭގައި އެމެރިކާގައި މީހުންގެ ގަޔަށް ބަޑި އެހުމުގެ ތިން ވަނަ ހަމަލާއެވެ.