ވިންޑޯޒް އެކްސްޕީ ބޭނުން ކުރި ކޮންމެ މީހަކުވެސް މަތީގައި މިވާ ފޮޓޯއަށް ފަރިތަވާނެއެވެ. މައިކްރޯސޮފްޓުން މިފޮޓޯއަށް ދީފައިވާ ނަމަކީ، ބްލިސްއެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހުރު ޑިޖިޓަލް ފޮޓޯތަކުން އެއްވަނާގައި އުޅޭ އެއް ފޮޓޯއެވެ.
ބްލިސް ފޮޓޯ އަކީ ފޮޓޯގްރާފަރ ޗާރލްސް އޯރެއާ، މީހަކާ ބައްދަލުކުރުމަށް ކެލޮފޯނިއާގެ ސަނޯމާ ކައުންޓީއަށް ދިޔަ މަގުމަތީގައި އޭނާއަށް ފެނުނު ރީތި މަންޒަރު އޭނާގެ ކެމެރާއިން ނެގި ގޮތެވެ.
އެހިނދު އޭނާއަށް އިހުސާސްވީ ހަމަ ރީތި މަންޒަރެއް ނެގުނީ ކަމަށެވެ. އިތުރު ބޮޑު ކަމަކަށް އޭނާއަކަށް ނުވިއެވެ. އޯރެއާ މި ފޮޓޯ އަޕްލޯޑްކޮށްފައި ހުއްޓާ މައިކްރޯސޮފްޓަށް ފެނިގެން އެކުންފުނިން އޭނާއަށް ފައިސާ ދީފަ ފޮޓޯ ގަތީއެވެ.
އޯރެއާ ބުނަނީ އެއިރަށް ބެއްޔަސް އަދި މިހާރަށް ބެއްޔަސް އޭނާއަށް ރަނގަޅު އަދަދެއް ލިބުނު ކަމަށެވެ.
ސަނޯމާ ކައުންޓީގެ މިމަންޒަރު އަނެއްކާ ހަނދާނަށް އައީ، މިތާގައި ދާދި ފަހުން ހިނގި، ހިސާބުގަނޑު އަނދަމުން ދިޔަ ގްލާސް ފަޔަރގައި މިހިސާބު އެނދުމުންނެވެ.
ކުރީގެ ބިންވެރިޔާ، މިހާރު އެހެން މީހަކަށް ވިއްކާފައިވާ މިބިން، މިހާރު ފެންނަނީ ކުރިއަށް ވުރެން ތަފާތުކޮށެވެ.
މީގެ ކުރިންވެސް މިހިސާބު އަނދައިގެން މީހަކު ޓުއިޓާއަށް ފޮޓޯއެއް ލިއެވެ.