މައިސޫރުގެ ރަޖީވް ނަގަރްގައި އޭނާ ފެއްޓި ޕަބްލިކް ލައިބްރަރީ އަލިފާނުގެ ހާދިސާއެއްގައި އެނދިތާ ނުވަ މަހަށް ވުރެ ގިނަ ދުވަސް ފަހުން، އުމުރުން 64 އަހަރުގެ ސައްޔިދު އިސްހާގު ވަނީ އޭނާގެ ލައިބްރީއަށް ވަގުތީ ތަނެއް ހަމަޖައްސައި ލައިބްރަރީގެ ޚިދުމަތް ދޭން ފަށާފައެވެ. .
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަލުން ބިނާކުރި ޕަބްލިކް ލައިބްރަރީ އިފްތިތާހުކޮށްފައި ވަނީ މައިސޫރު ދާއިރާގެ އެމްޕީ ޕްރަތާބް ސިމްހާ އާއި ކުރީގެ މޭޔަރު އައްޔޫބް އަދި ކަންނާޑާ ބަހުގެ އެކި ޖަމިއްޔާތަކުގެ މަންދޫބުންގެ ހާޒިރުގަ އެވެ.
މައިސޫރު ސިޓީ ކޯޕަރޭޝަން (އެމްސީސީ) އާއި ކަރްނާޓަކާ ގެ ލައިބްރަރީ ޑިޕާޓްމަންޓުން އެ ލައިބްރަރީ އަލުން ބިނާކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ވައުދު ނުފުއްދި އޮތީއެވެ. ކުރީގެ މިނިސްޓަރު ޒަމީރު އަހުމަދު ޚާން އާއި ޕްރަތާބް ސިމްހާ ހިމެނޭ ގޮތަށް ރައްޔިތުންގެ ފަރާތުން ލިބުނު ފައިސާއިން އިސްހާގު ލައިބްރަރީ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އަލުން ބިނާކުރި ލައިބްރަރީގައި 1300 އަށް ވުރެ ގިނަ ފޮތް އެބަ ހުއްޓެވެ. އޭގައި ކަންނާޑާ، އިނގިރޭސި އަދި އުރުދޫ ބަހުން ކޮންމެ ދުވަހަކު ނެރޭ ނޫސްމަޖައްލާތައް ވެސް މިހާރު އާންމުންނަށް ލިބެއެވެ. އިސްހާގުގެ އުންމީދަކީ އަދިވެސް ފޮތްތައް އިތުރު ވުމެވެ.
ސައްޔިދު އިސްހާގްގެ އަންދާލި ލައިބްރަރީގައި ތަފާތު އެކި ފަންނުތަކުގެ 11 ހާސް ފޮތް ހުއްޓެވެ.
2011 އިން ފެށިގެން މައިސޯރގެ ފަގީރު ހިސާބެއްގައި އޭނާ ދިޔައީ އަމިއްލަ ޚަރަދުގައި ލައިބްރަރީއެއް ހިންގަމުންނެވެ.
ލައިބްރަރީއާއެކު މި ހުރިހައި ފޮތެއް އެނދީ މިދިޔަ އަހަރުއެވެ.
އިސްހާގްގެ ލައިބްރަރީއަކީ އޭނާއާއި އަންހެނުންގެ އަމިއްލަ ފައިސާއިން ބިނާ ކުރި ލައިބްރަރީއެކެވެ. އޭނާ އާމްދަނީ ހޯދައި އުޅުނީ ދުވާލު މަސައްކަތު އުޖޫރަ ލިބޭ ގޮތަށެވެ. މި ލައިބްރަރީގެ ގޯތީގައި ނޫސްކިޔަން ބޭނުންވާ މީހުންނަށް އެކި ބަސްބަހުން ކިޔާލަން 22 ނޫސް، އިޝްތިރާކް ދައްކައިގެން އޭނާ ގެނެއެވެ.
އިސްހާގްގެ ލައިބްރަރީ އަނދައިގެން ދިއުމާއެކު އޭނާ އުންމީދު ކަނޑައެއް ނުލައެވެ. މި ލައިބްރަރީ އެދިކަން އެނގި އިންޓަރނެޓްގައި އެ ވާހަކަ ފެތުރިގެން ދިޔަތާ 48 ގަޑި އިރު ތެރޭ އަމިއްލަ ފަރާތްތަކުން ވަނީ ލައިބްރަރީ ބިނާ ކުރުމަށް 20 ލައްކަ ރުޕީސް އެއްކޮށްފައެވެ. އަދި މައިސޯރ ސަރުކާރުން ބުނެފައިވަނީ އެނދި ލައިބްރަރީ ހުރިތާނގައި އަލުން ލައިބްރަރީއެއް ބިނާކޮށްދޭނެ ކަމަށެވެ.