ބަނގްލަދޭޝްގެ ބަންޑާރަ ނާއިބް އިސްތިއުފާ ދެއްވައިފިއެވެ. އޭގެ އިތުރުން، ބަނގްލަދޭޝް ބެންކުގެ އެންމެ އިސް ހަ މަސްއޫލުވެރިންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާއަށް މަޖުބޫރުކޮށްފައި ވަނީ ހަޅުތާލު ކުރާ މީހުންނެވެ. ބައެއް ބޭފުޅުން ހުސް ގަނޑެއްގައި ސޮއިކޮށް ދެއްވައި އިސްތިއުފާ ދެއްވީއެވެ.
މި ހުރިހައި ބޭފުޅުންނަކީ ހަސީނާގެ ވެރިކަމުގައި ކޮންޓްރެކްޓް އުސޫލުން އައްޔަން ކޮށްފައިވާ ބޭފުޅުންނެވެ.