ނާޒީންގެ އިމާރާތްތަކާ މެދު ޖަރުމަން ސަރުކާރަށް ގޮތެއް ހަދަން ނުކެރިފައި

ނާޒީ ޖަރުމަންވިލާތުގެ މަސްއޫލުވެރިންގެ ގެތަކަށް ހަދަންވީ ގޮތާމެދު ޖަރުމަން ސަރުކާރުން ވަނީ ގޮތް ހުސްވެފައެވެ. އޭގެ އެއް ސަބަބަކީ އެއިން ތަނެއް ބޭޏުން ކުރާ ގޮތަކުން ޔަހޫދީން ހަޅޭއްލަވައި ގަނެފާނެތީއެވެ. މިއަދު ޖަރުމަންގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ނާޒީންގެ މީޑިއާގެ ކަންކަން ބެލެހެއްޓި ޖޯސެފް ގުބެލްސްގެ ވިއްލާއާ މެދު ގޮތެއް ނިންމުމާ ބެހޭ ގޮތުންނެވެ.

މިއީ ބަރލިންއާ އެއް ގަޑިއިރުގެ ދުރުގައި ފެންގަނޑެއްގެ އައްސޭރިފަށުގައި އޮތް ތަނަވަސް ބިމެއްގައި ހަދާފައިވާ ބަގީޗާއެއް ހިމެނޭ ވިއްލާއެކެވެ. މި ގެއަކީ، ކުރިން ވެރިކަން ކުރި، އިރުމަތީ ޖަރުމަންވިލާތުގެ ކޮމިއުނިސްޓް ސަރުކާރުތަކުން ކޮމިއުނިޒަމް ކިޔައިދޭން ބޭނުން ކުރި ކެމްޕަހެކެވެ. ނަމަވެސް މިއަދު އެތަން އެހެރީ ފަޅަށެވެ.

ޖަރުމަން ސަރުކާރަށް އެތައް ކުއްޔަށް ދޭކަށެއް ކުރެއެވެ. އަދި އެތަން ވިއްކާލާކަށްވެސް ނުކެރެއެވެ. ސަބަބަކީ ޔަހޫދުން ބަދު ބަހެއް ބުނެފާނެތީއެވެ.

ޖަރުމަން ސަރުކާރުގެ މާލީ ވަޒީރު ވަނީ އެ ވިއްލާ ހިލޭ ބޭނުންވާ ބަޔަކު ތިބިނަމަ އެބަޔަކަށްވެސް ދޭން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް  ބުނެފައެވެ. ނަމަވެސް އެފަރާތަކީ ސަރުކާރުން ޤަބޫލުކުރާ ފަރާތަކަށް ވާން ޖެހެއެވެ.

އެކަން އިޢުލާން ކުރުމާއެކު ހަމުގެ ކްލިނިކެއް ހުޅުވަން ވެގެން ޑޮކްޓަރަކު އެދުނެވެ. ސަރުކާރަކަށް އެކަން ކަމަކު ނުދިޔައެވެ. ޔަހޫދުންގެ ހަމުން ނާޒީން ތެޔޮ ހޭނިކަމަށް ބުނެވޭތީ ތޯއްޗެކެވެ.

އެކަމަކު ހިޓްލަރުގެ ގެތަކާ ބެހޭ ގޮތުން އެ މައްސަލަ ދިމާވެފައެއް ނުވެއެވެ.

ހިޓްލަރު އުފަންވި މިގެއަކީ މިހާރު ޕޮލިސް ސްޓޭޝަނެކެވެ

ހިޓްލަރުގެ އުފަން ގެ ހުންނަނީ އޮސްޓްރިއާގެ ވިއެނާގައެވެ. އެތަން ވަނީ ފުލުހުންގެ މަރުކަޒަކަށް ބަދަލުކޮށްފައެވެ. އޭގެ ކުރިން މިއުނިކްގައި ހުރި ހިޓްލަރުގެ އެޕާޓްމެންޓެއްވެސް ވަނީ ފުލުހުންގެ މަރުކަޒަކަށް ބަދަލު ކޮށްފައެވެ. ހިޓްލަރުގެ ފޮތް އަލަމާރިތަކާއި ފޮތް ހަރުގަނޑުތަކާއި ކަބަޑުތައް ހަމަ އެހުރި ގޮތަށް ޖަރުމަން ޕޮލިހުން އެތާގައި ބޭނުން ކުރަމުން ދެއެވެ.

އެތަންތަން ފުލުހުން ބޭނުން ކުރުމާ ބެހޭ ގޮތުން ސަރުކާރުން ބުނަނީ ފުލުހުން އެ ތަންތަން ބެލެހެއްޓުމުން، ނާޒީންގެ ޙަރަކާތްތައް އާލާކުރަން މަސައްކަތް ކުރާ މީހުން އެ އިމާރާތްތަކަށް ކަޅި އަޅައިގެން ނުތިބޭނެ ކަމަށެވެ.

16 ހެކްޓަރުގެ ބިން ހިމެނޭ ގުބެލްސްގެ ވިއްލާ ބެލެހެއްޓުމަށް ޖަރުމަން ސަރުކާރުން އަހަރަކު 3 ލައްކަ ޑޮލަރު ހޭދަ ކުރާ ކަމަށް ބުނެއެވެ. އެވިއްލާގައި ކުރީގެ ކޮމިއުނިސްޓް ސަރުކާރުން ވަނީ ލެކްޗާ ހޯލުތައް ހިމެނޭ ގޮތަށް ކިޔަވައި ދިނުމަށް އިމާރާތްތަކެއްވެސް ހަދާފައެވެ. ގޮތް  ހުސްވެގެން އުޅެނީ ސިޔާސީ ގޮތުން މީހުން  ބެލެކްމެއިލް އުޅޭ މީހުންނާ ހެދިއެވެ.

ކޮމިއުނސިްޓް ޖަރުމަން ސަރުކާރު ވެއްޓުނުފަހުން އެނގުނީ އެ އިމާރާތުގައި ކިޔަވައި ދެމުން ދިޔަ ދުވަސްތަކުގައި ކުދިން ދައްކާ ވާހަކަތައް އަޑު އަހަން މި ނިޒާމު ބޭނުން ކޮށްފައިވާ ކަން. މި ތަނުގައި ދައްކާ ވާހަކަ އަޑު އަހަނީ އެއިރުގެ ކޮމިއުނިސްޓް ސަރުކާރުގެ ހޯމް މިނިސްޓްރީގައި